ޚަބަރު

ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އިސްނެންގެވުމުގެ ދަށުން، ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން “ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ” ގެ ނިމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައި، އެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދީފިއެވެ.

އިތުރަށް…

ހުޅުމާލޭ ޖަލުގައި ޤައިދީންނާއި ބަންދުމީހުންނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގައި ތިބި ގައިދީނަށާއި ބަންދުމީހުންނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އިތުރަށް…

ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނާއި އެމްސީއެސްގެ ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށް، ޔޫއެންއޯޑީސީއިން މާފުށީ ޖަލުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފި

ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) އިން ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންނަށް “އެކްސެލިންގ ބިޔޯންޑް އެމަރޖިންގ ޗެލެންޖަސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކް” ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

އިތުރަށް…

މާފުށީ ޖަލުގެ ޕްރިޒަން އޮފިސަރުންނަށް “ދަ ނެލްސަން މަންޑޭލާ ރޫލްސް” ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޔޫއެންއޯޑީސީއާ ގުޅިގެން “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” އާ ގުޅޭ ގޮތުން ޕްރިޒަން އޮފިސަރުންނަށް ހިންގި ޓްރޭނިންގ ޕްރޮގްރާމްގެ ރިފްރެޝަރ ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ.

އިތުރަށް…

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާފުށީ ޖަލުގައި ތިބި އަންހެން ޤައިދީންނަށާއި ބަންދުމީހުންނަށް ޚާއްސަ އިވެންޓެއް ބާއްވައިފި

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ ބެލުމުގެ ދަށުގައި ތިބި އަންހެން ގައިދީންނަށާއި ބަންދުމީހުންނަށް ޚާއްސަ އިވެންޓެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އިތުރަށް…

އެމްސީއެސްއިން އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނަކުރުން ހުއްޓުވުމުގެ ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން  ޤާނޫނު ނަންބަރު 2014/16 ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް މިއަދު ފަށައިފިއެވެ.

އިތުރަށް…

މާފުށީ ޖަލުގެ ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ބަލަހައްޓާ އޮފިސަރުންނަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގައި، އެ ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރުންނަށް ސެޓްފިކެޓް ދީފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕްރިޒަން އޮފިސަރުންނަށް ހިންގި “ޕްރިންސިޕަލްސް އެންޑް ކޮންސެޕްޓްސް އޮފް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިސްމް އެންޑް ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް” ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު މިއަދު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

އިތުރަށް…

މާފުށީ ޖަލުގައި ބޭނުންކުރަމުންދިޔަ ކޯޓް ރޫމްތައް 05 ށް އިތުރުކޮށް، ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ފުރުޞަތު އިތުރުކޮށްފި

މާފުށީ ޖަލުގައި ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭގޮތަށް ޚާއްސަކޮށްފައިވާ 03 ކޯޓް ރޫމްގެ އަދަދު 05 ށް އިތުރުކޮށް، މިއަދު ބޭނުންކުރަން ފަށައިފިވެ.

އިތުރަށް…

އެމްސީއެސްއިން ޕެރޯލް ދޭ ޤައިދީންނަށް ކުރިއަށް ގެންދާ “ފަހި ފުރުޞަތު” ފޮރޮގްރާމް ފުޅާކުރުމުގެ ގޮތުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން ރިހެބިލިޓޭޓްކޮށް، މުޖްތަމައުއަށް ފައިދާހުރި، ރަނގަޅު މަސައްކަތްތެރި ފަރުދުންގެ ގޮތުގައި ނެރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޕެރޯލް ފުރުޞަތުގެ ދަށުން މުޖްތަމަޢުއަށް ދޫކުރާ ފަރާތްތަކަށް “ފަހި ފުރުޞަތު” ގެ ނަމުގައި ކުރިއަށް ގެންދާ އިންޓަރންޝިޕް ޕްރޮގަރާމް ފުޅާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާއެކު ފަހުމްނާމާއެއްގައި (އެމްއޯޔޫ) މިއަދު ސޮއިކޮށްފިއެވެ.

އިތުރަށް…

މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފަށައިފިއެވެ.

އިތުރަށް…

އެމްސީއެސްއިން އައިޖީއެމްއެޗްއާއެކު ޤައިދީންނާއި ބަންދުމީހުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާބެހޭ ފަހުމްނާމާގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުން ސްޕެޝަލިސްޓް ޑޮކްޓަރުން މެދުވެރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމާ ބެހޭގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއެކެ ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިތުރަށް…

ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ ދަސްވެނިވުން ބާއްވައިފި

ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި “ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް” ކޯހުގެ ތިން ވަނަ ބެޗް ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

އިތުރަށް…