ޕްރިޒަން އޮފިސަރ ޓްރޭނގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން އޮފިސަރ ޓްރޭނީގެ ވަޒީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕްރިޒަން އޮފިސަރ ޓްރޭނީންނަށް ހޮވޭ ފަރާތްތައް ބޭސިކް ޓްރޭނިންގ ކޯސް ކާމިޔާބުކަމާއެކު ފުރިހަމަ ކުރާ ޓްރޭނީން ޕްރިޒަން އޮފިސަރުންގެ ގޮތުގައި ވަޒީފާގެ މައިދާނަށް ނުކުންނާނެއެވެ.

ގެޒެޓްގައި ޝާއިޢު ކޮށްފައިވާ ޢިއުލާނުގައި އެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބާގައިވާ ހުންނަންވާ ޝަރުޠު ތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން “ސީ” ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ދިވެހި އަދި އިސްލާމް އިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން ހިމެނެއެވެ.

އަދި މި ސަރވިސްގެ ހުރިހާ ވަޒިފާތަކަށް ކުރިމަތިލާ ފަރާތްތައް އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.  މި މަގާމަށ ހަމަޖެހިފައިވާ އެލަވަންސްތަކަކީ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ފުރިހަމަ ކުރުމަށްފަހު ހަމަޖައްސައިދެވޭނެ އެލަވަންސްތަކެކެވެ.

މި މަގާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 08 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅުއްވާށެވެ. އެޕްލިކޭޝަން އީމެއިލް މެދުވެރިކޮށް    [email protected]  އާއި  [email protected]  ފޮނުވޭނެއެވެ.

މި މަގާމުގެ ޢިއުލާން އެމްސީއެސްގެ ވެބްސައިޓް www.corrections.gov.mv ގައި އާއި ދިވެހިރާއްޖޭގެ ގެޒެޓް http://www.gazette.gov.mv/  ގައި ޝާއިއުކޮށްފައިވާނައެވެ.