ޚަބަރު

މިނިސްޓަރ އޮފް ހޯމް އެފެއަރޒް، “ދި ނެލްސަން މަންޑޭލާ ރޫލްސް”ގެ “ޓްރޭނިންގ އޮފް ޓްރޭނަރސް” ޕްރޮގްރާމް ފުރިހަމަކުރި ޕްރިޒަން އޮފިސަރުންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ، “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)”ގެ “ޓްރޭނިންގ ދަ ޓްރޭނަރސް” ޕްރޮގްރާމް ފުރިހަމަކުރި ޕްރިޒަން އޮފިސަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އިތުރަށް…

ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހަށް މަރުހަބާ!

ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަންހެން އޮފިސަރުންނާއި ސިވިލް އޮފިސަރުން މިއަދު ހެނދުނު ފިރިހެން އޮފިސަރުންނާއި ސިވިލް މުވައްޒަފުންނަށް ރަތް ދޫލައިން މަރުހަބާ ކިޔާ، ކުޑަ ހަފްލާއެއް ބާއްވައިފިއެވެ.

އިތުރަށް…

މިނިސްޓަރ އޮފް ހޯމް އެފަރޒް މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، ހައި ސެކިއުރިޓީ ޔުނިޓްތަކުގައި ތިބި ޤައިދީންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، ހައި ސެކިއުރިޓީ ޔުނިޓްތައް ބައްލަވައިލައްވައިފިއެވެ.

އިތުރަށް…

އެމްސީއެސްގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ އީ-ސަރވިސް ޕޯޓަލް ތައާރަފްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ  އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސިސްޓަމް (އެޓަމްސް) އީ-ސަރވިސް ޕޯޓަލްގެ ޓަރައިލް ވަރޝަން ތައާރަފްކޮށްފިއެވެ.

އިތުރަށް…

20 ޤައިދީންނާއެކު “ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ގެ 6 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތައުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން “ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ކޯހުގެ 6 ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

އިތުރަށް…

މާފުށީ ޖަލަށް 22 އަހަރު ފުރިއްޖެ!

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ އެ ޖަލުގައި ރަސްމީއްޔާތެއް ބާއްވައިފިއެވެ.

އިތުރަށް…

އެމްސީއެސްއިން އަރކް އާއި ޔުނިސެފްއާ ގުޅިގެން ޕްރިޒަން އޮފިސަރުންނަށް “ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ގެ ނަމުގައި ޓްރޭނިންގއެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އެޑްވޮކޭޓިންގ ފޮރ ރައިޓްސް އޮފް ޗިލްޑްރެން (އަރކް) އާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އާ ގުޅިގެން “ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

އިތުރަށް…

ޤައިދީންގެ ތެރެއިން ޕެރޯލް ފުރުސަތު ދެވޭ ޤައިދީންނަށް ވަޒީފާގެ ހުނަރު ދަސްކޮށްދިނުމަށް “ފަހި ފުރުސަތު” ނަމުގައި ޕްރޮގްރާމެއް ފަށައިފި

ޤައިދީންގެ ތެރެއިން ޕެރޯލް ފުރުސަތު ދެވޭ ޤައިދީންނަށް ވަޒީފާގެ ހުނަރު ދަސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)  އާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއެކު “ފަހި ފުރުސަތު” ފަހުމްނާމާގައި މިއަދު ސޮއިކޮށްފިއެވެ.

އިތުރަށް…

131 ޤައިދީންނާއެކު ޤިރާއަތު ލެވެލް 3 ގެ 5 ބެޗް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކީރިތި ޤުރުއާން ކިޔަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޤައިދީންނަށް ޚާއްސަކޮށް ހިންގާ ޤިރާއަތު ކޯހުގެ ލެވެލް 3 ގެ ފަސް ބެޗް މާފުށި ޖަލުގައި ފަށައިފިއެވެ.

އިތުރަށް…

66 ޤައިދީންނާއެކު ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 2 ގެ 12 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން  ފްރޭމްވަރކްގެ ދެވަނަ ފޭސް ގެ 12 ވަނަ ބެޗް އިއްޔެ ފަށައިފިއެވެ.

އިތުރަށް…

ޔޫއެންއޯޑީސީ އާ ގުޅިގެން ހިންގި “ދި ނެލްސަން މަންޑޭލާ ރޫލްސް” ޓްރޭނިންގ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ނިމިއްޖެ

ޔޫއެންއޯޑީސީއާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ޕްރިޒަން އޮފިސަރުންނަށް “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)” އާ ގުޅޭގޮތުން ހިންގި ޓްރޭނިންގ ޕްރޮގްރާމްގެ ފުރަތަމަ ބެޗް މިއަދު ނިމިއްޖެއެވެ.

އިތުރަށް…

“ނެލްސަން މަންޑޭލާ ރޫލްސް” ގެ ދިވެހި ތަރުޖަމާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

“ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)” ގެ ދިވެހި ތަރުޖަމާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހަވާލުކުރުމުގެ ރަސްމިއްޔާތު މާލެ ޖަލުގައި މިއަދު ބާއްވައިފިއެވެ.

އިތުރަށް…