ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ ބެލުމުގެ ދަށުގައި ތިބި އަންހެން ގައިދީންނަށާއި ބަންދުމީހުންނަށް ޚާއްސަ އިވެންޓެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިއަދުގެ އިވެންޓް ފެށުނީ ހެނދުނު 9:00 ގައި އެކުވެރިކަމުގެ ވޮލީބޯޅަ މެޗަކުންނެވެ. އެއަށްފަހު ބައިވެންނަށް ތައްޔާރުކޮށްފައިވާ ޚާއްސަ ސައެއް އޮތެވެ. މީގެ އިތުރުން މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅޭ ޝިޢާރު ދޭހަވާ ކުރެހުން ތައްޔާރުކުރުމުގެ ހަރަކާތެއް މި ހަފްތާ ތެރޭ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޤައިދީންނާއި ބަންދުމީހުންނަށް ވަކިން ދެބަޔަކަށް ބަހައިގެން ކުރިއަށް ގެންދިޔަ މި އިވެންޓްގައި 19 އަންހެން ޤައިދީންނާއި 11 އަންހެން ބަންދުމީހުން ބައިވެރިވިއެވެ.
މިގޮތުން މާފުށީ ޖަލުގެ އަންހެން ޔުނިޓްގައި ކޮންމެ އަހަރަކުވެސް އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިފަދަ އިވެންޓްތައް ކުރިއަށްގެންދެއެވެ.