އެމްއެންޑީއެފްއާ ގުޅިގެން، “ސީޕީއާރް / އޭއީޑީ އެންޑް ފަސްޓް އެއިޑް ރިފްރެޝަރ ޕްރޮގްރާމް” ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ޕްރިޒަން އޮފިސަރުންނަށް “ސީޕީއާރ / އޭއީ.ޑީ އެންޑް ފަސްޓް އެއިޑް ރިފްރެޝަރ ޕްރޮގްރާމް” މާފުށީ ޖަލުގައި އިއްޔެ ހިންގައިފިއެވެ.

އެއް ދުވަހުގެ މި ޕްރޮގްރާމަކީ 26 ނޮވެމްބަރ 2019 ން 30 ނޮވެމްބަރ 2019 އަށް ބޭއްވުނު ސީޕީއާރ / އޭއީ.ޑީ އެންޑް ފަސްޓް އެއިޑް ޕްރޮގްރާމް” ރިފްރެޝަރ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެކި ޖަލުތަކުން 21 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމަކީ ޖަލުތަކުގެ މެޑިކަލް ސެކްޝަންގައި މަސައްކަތްކުރާ އޮފިސަރުން، މި
ދާއިރާއިން ފުރިހަމަ ތަމްރީނާއި ތަޖުރިބާ ލިބިގެން މަސައްކަތް ކުރާ އޮފިސަރުންތަކެއްގެ ގޮތުގައި ބިނާކުރުމެވެ. 

މި ޕްރޮގްރާމްގެ ސަބަބުން ޖަލުތަކުގައި ދިމާވާ މެޑިކަލް އެމަރޖެންސީ ތަކުގައި ތަމްރީން ލިބިފައިވާ އޮފިސަރުންތަކެއް މެދުވެރިކޮށް ދެވޭ ފަރުވާގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތް ކުރެވިގެން ދިއުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ.  

މި ޕޮރޮގްރާމްގައި ބައިވެރިންނަށް ކިޔަވާދެއްވާފައިވަނީ އެމްއެންޑީއެފްގެ 2 ބޭފުޅުންނެވެ. އަދި މި ޕްރޮގްރާމްގެ ބައިވެރިން ވަނީ ފުރާނައަށް ނުރައްކާވާ ޙާލަތްތަކުގައި ޢަމަލު ކުރަންޖެހޭ ރައްކާތެރި ގޮތްތަކާއި ބޭސިކް ފަސްޓް އެއިޑްގެ ގިނަ ޓެކްނިކްތައް އަމަލީ ގޮތުން ދަސްކޮށްފައެވެ.