ކަރެކްޝަންސްއިން ސޮނެވާ ނަމޫނާއެކު، ޖަލުތަކުގައި ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓް ކުރިއަށް ގެންދިއުމުގެ ގޮތުން ޤައިދީންނަށާއި އޮފިސަރުންނަށް 3 ވަރކްޝޮޕް ހިންގައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ސޮނެވާ ނަމޫނާއާއެކު، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ކާދު ސަތޭކަ ޕްރޮގްރާމް ދަށުން، ޤައިދީންނަށާއި އޮފިސަރުންނަށް ތިން ވަރކްޝޮޕް ކުރިއަށް ގެންގޮސްފިއެވެ.
އިތުރަށް…
ކަރެކްޝަންސްގެ ހިންގުން ހަރުދަނާކުރުމަށް ބްރިޓިޝް ހައި ކޮމިޝަންއިން ތައްޔާރުކުރި ޓްރޭނިންގ މޮޑިއުލްތަކާއި ކޮމްޕީޓަންސީ ފްރޭމްވަރކް ޙަވާލުކޮށްފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހިންގުން ހަރުދަނާކުރުމަށާއި އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކުރުމަށް ބްރިޓިޝް ހައި ކޮމިޝަން އިން ތައްޔާރުކުރި ޓްރޭނިންގ މޮޑިއުލްތަކާއި ކޮމްޕިޓެންސީ ފްރޭމްވަރކް ރަސްމީކޮށް މިއަދު ޙަވާލުކޮށްފިއެވެ.
އިތުރަށް…
އެމްސީއެސް ގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް “ޕްރިޒަން ސެކިއުރިޓީ އެންޑް އިންޓެލިޖެންސް ޓްރޭނިންގ” ޕްރޮގްރާމް ހިންގައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ޓްރިޒަން ސެކިއުރިޓީ އެންޑް އިންޓެލިޖެންސް ޓްރޭނިންގ ” ޕްރޮގްރާމް އައްސޭރި ޖަލުގައި މިއަދު ހިންގައިފިއެވެ.
އިތުރަށް…
އެމްސީއެސް ގެ ހިންގުން ހަރުދަނާ ކުރުމަށް “ޓްރާންސްފޮރމޭޝަނަލް ލީޑަރޝިޕް އިން އެކްޝަން ޓްރޭނިންގ” ޕްރޮގްރާމް ހިންގައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ޓްރާންސްފޮރމޭޝަނަލް ލީޑަރޝިޕް އިން އެކްޝަން ޓްރޭނިންގ” ޕްރޮގްރާމް ހިންގައިފިއެވެ.
އިތުރަށް…
ރިހެބިލިޓޭޝަންގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުން ތަރައްޤީކުރުމަށް ޓްރޭނިންގއެއް ހިންގައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން، “ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ” ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް އައްސޭރި ޖަލުގައި ހިންގައިފިއެވެ.
އިތުރަށް…
އައްސޭރި ޖަލުގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި
ކ. ހިންމަފުށީގައި ޤާއިމްކޮށްފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ޖަލުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.
އިތުރަށް…
އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، 205 ބައިވެރިންނާއެކު އައިކޯސްޓްއިން ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހާއި ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފަށައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ “ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް” ކޯހުގެ އައު ދެ ބެޗާއި ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ)ގެ ތިން ބެޗް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.
އިތުރަށް…
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ޑީއެސްޕީ އަޙްމަދު ޞަބާޙް ޢައްޔަން ކުރައްވައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީ، 2025 ޑިސެންބަރު 04 ގައި ރިޓަޔަރކުރެއްވުމާ ގުޅިގެން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އަލްފާޟިލް އަޙްމަދު ޞަބާޙް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އިތުރަށް…
ހުޅުމާލޭ ޖަލުގެ ޚިދުމަތަށް 13 އަހަރު ފުރިއްޖެ!
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިދަ ނެގުމުގެ ރަސްިއްޔާތު އެ ޖަލުގައި ރޭ ބާއްވައިފިއެވެ.
އިތުރަށް…
އެމްސީއެސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ ރިޓަޔަރކުރައްވައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، 19 އަހަރާއި ދިހަމަހުހުގެ އިޙްލާސްތެރި އަދި އަގުހުރި ޚިދުމަތަށް ފަހު އިއްޔެ ރިޓަޔަރކުރައްވައިފިއެވެ.
އިތުރަށް…
މާފުށީ ޖަލުގެ އަންހެން ޤައިދީންނަށް ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 2 ގެ ދެ ބެޗް ފަށައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ދެވަނަ ފޭސްގެ ދެ ބެޗް، މާފުށީ ޖަލުގެ އަންހެން ޤައިދީންނަށް ފަށައިފިއެވެ.
އިތުރަށް…
ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށްޓަކައި ކަރެކްޝަންސް އާއި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އާ ދެމެދު ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް، ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާއެކު ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިތުރަށް…




