ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ކުރުމަށް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލުތަކުގައި ޤައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްސް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ޚާއްސަކޮށް “އެންހޭންސިންގ ދަ ރޯލް އޮފް ޕްރިޒަން އޮފިސަރސް އިން އޮފެންޑަރ ރިހެބިލިޓޭޝަން” ޓްރޭނިންގ ޕްރޮގްރާމް ހިންގައިފިއެވެ.  

މި ސަރވިސްގެ ތިން ޖަލާއި ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް ހިންގި މި ޓްރޭނިންގ ޕްރޮގްރާމްގައި ޖުމްލަ 16 ބައިވެރިން ހިމެނެއެވެ.

ޖޫން 18 ން 19 އަށް ހިންގި މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޤައިދީން އިސްލާހުކުރުމަށް ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެއް ހަރުދަނާކޮށް، އެ ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ރިހެބިލިޓޭޝަންގެ ޒަމާނީ އުކުޅުތައް ދަސްކޮށްދީ، އެ އޮފިސަރުންގެ ޤާބިލިއްޔަތު ކުރިއެރުވުމެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.