“ޕީއާރްސީ ސީޕީ ފުޓްސަލް ޓޯރނަމަންޓް 2025”: ފޯރިގަދަ ދެ މެޗާއެކު ރޭ ނިމިއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ޚާއްސަކޮށް، ޕްރިޒަން ކަލަބްއިން ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ނަމުގައި ފެށި “ޕީއާރްސީ ސީޕީ ފުޓްސަލް ޓޯރނަމަންޓް 2025” ރޭ ނިމިއްޖެއެވެ.

“ޕީއާރްސީ ސީޕީ ފުޓްސަލް ޓޯރނަމަންޓް 2025” ނިމްމުމަށް ރޭ މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ޓެކްނޮލޮޖީ އެންޑް ސެކިއުރިޓީ އޮނަރަބަލް ޢަލީ އިޙުސާންއެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާން އާއި އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ޕްރިޒަން އޮފިސަރުން އަދި މުވައްޒަފުން ބައިވެރިވިއެވެ.

2025 ޖޫން 20 ން ފެށިގެން 2025 ޖުލައި 05 އާ ހަމައަށް ކުރިއަށްދިޔަ މި ޓޯރނަމަންޓްގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗްގައި 1-0 ލަނޑުން މާފުށީ ޖަލު ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ޓީމް އެޗްކިއުއެވެ. މި މެޗްގައި ޓީމް އެޗްކިއުގެ ލަނޑު ކާމިޔާބުކޮށްފައިވަނީ، އެ މެޗްގެ “ކުއީން އޮފް ދަ މެޗް” އަށްވެސް ހޮވުނު އާމިނަތު ފަޒްލާއެވެ. އަދި ފިރިހެން ޑިވިޜަންގެ ފައިނަލް މެޗްގައި މާފުށީ ޖަލާއި ޓީމް އެޗްކިއު ބައްދަލުކޮށް، 3-1 ލަނޑުން ޗެމްޕިއަންކަން ހޯދީ މާފުށީ ޖަލެވެ. މާފުށީ ޖަލުގެ ލަނޑުތައް ޢަލީ ނާއިފް އާއި ޢަބްދުﷲ ޝާކިރު އަދި އަޙްމަދު ޖަޒްލާން ކާމިޔާބުކޮށްފައިވާއިރު، ޓީމް އެޗްކިއުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ އިސްމާޢީލް ޒަރީރުއެވެ. މި މެޗްގެ “މޭން އޮފް ދަ މެޗް” އަށް ހޮވިފައިވަނީ ޢަލީ ނާއިފްއެވެ. މި ދެ މެޗަކީވެސް ވަރަށްވެސް ވާދަވެރި އަދި ފޯރިގަދަ ދެ މެޗެވެ.

މި ޓޯރނަމަންޓްގެ ފައިނަލް މެޗްތަކަށްފަހު، ޗެމްޕިއަން ދެ ޓީމަށް ތަށްޓާއި މެޑްއަދި އިނާމް ޙަވާލުކޮށްދެއްވުމުގެ އިތުރުން، އެކި ވަނަ ތަކަށް ހޮވުނު ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ޕްލާކް ޙަވާލުކޮށްދެއްވާފައެވެ.

އެގޮތުން ފާހަގަކޮށްލެވޭ ވަނަތަކަށް ހޮވިފައިވަނީ:

  1. “ކުއީން އޮފް ދަ ޓޯރނަމަންޓް” – އާމިނަތު ފަޒްލާ (ޓީމް އެޗްކިއު)
  2.      “ކިންގް އޮފް ދަ ޓޯރނަމަންޓް” – އަޙްމަދު ނައުފަލް (މާފުށީ ޖަލު)

ޓޮޕް 5 – އަންހެން

  1. އާމިނަތު ފަޒްލާ (ޓީމް އެޗްކިއު)
  2. ޚަދީޖާ އަފްނާން (ޓީމް އެޗްކިއު)
  3. މަރިޔަމް ސުހާ (މާފުށީ ޖަލު)
  4. އާއިޝަތު ލަމްސް (މާފުށީ ޖަލު)
  5. އާއިޝަތު ޝަރުމާ (މާފުށީ ޖަލު)

ޓޮޕް 5 – ފިރިހެން

  1. އާދަމް މަންޞޫރު (ޓީމް އެޗްކިއު)
  2. އިބްރާހިމް އިމްރާން (ޓީމް އެޗްކިއު)
  3. އަޙްމަދު ނައުފަލް (މާފުށީ ޖަލު)
  4. ޢަލީ ނާއިފް (މާފުށީ ޖަލު)
  5. މިންނަމް ޢަލީ (މާފުށީ ޖަލު)

ޓޮޕް ސްކޯރަރ – އަންހެން

  1. އާއިޝަތު ލަމްސް (މާފުށީ ޖަލު)

ޓޮޕް ސްކޯރަރ ފިރިހެން

  1. އާދަމް މަންޞޫރު (ޓީމް އެޗްކިއު)
  2. އިބްރާހިމް އިމްރާން (ޓީމް އެޗްކިއު)
  3. އިސްމާޢީލް ޒަރީރު (ޓީމް އެޗްކިއު)
  4. ޢަލީ ނާއިފް (މާފުށީ ޖަލު)

ބެސްޓް ކޯޗް – އަންހެން

  1. ސައްމާން ރަޝީދު (ޓީމް އެޗްކިއު)

ބެސްޓް ކޯޗް – ފިރިހެން

  • އަޙްމަދު ޝާހީން (މާފުށީ ޖަލު)

މި ޓޯނަމަންޓްގެ ފިރިހެން ޑިވިޜަންގައި ޓީމް އެޗްކިއު، ޓީމް މާފުށީ ޕްރިޒަން، ޓީމް ހުޅުމާލޭ ޕްރިޒަން، ޓީމް އައްސޭރި ޕްރިޒަން އަދި ޓީމް އީއެސްޖީ ހިމެނޭއިރު، އަންހެން ޑިވިޜަންގައި ޓީމް އެޗްކިއު، ޓީމް މާފުށީ ޕްރިޒަން، ޓީމް އައްސޭރި ޕްރިޒަން އަދި ޓީމް އައިކޯސްޓް ހިމެނެއެވެ.