ރާއްޖޭގެ ޖަލުތަކުގައި ފުރަތަމަ ފަހަރަށް ޤައިދީނަށް ޚާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށް ފުރަތަމަ ފަހަރަށް “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް” ބާއްވައިފިއެވެ.

މިއީ ޤައިދީންގެ ދުޅަހެޔޮ ސިއްޙަތެއްގައި ބޭއްތިއްބުމަށާއި، ކުޅިވަރުގެ ތެރެއިން ޤައިދީން ރިހެބިލިޓޭޓްކުރުމަށް ރާވައިގެން ހިންގާ ޕޮރޮގްރާމްތަކާ ގުޅުވައިގެން ބޭއްވި މުބާރާތެކެވެ.

މިގޮތުން މިމުބާރާތުގެ ފައިނަލް މެޗަށްފަހު، ފެއަރ ޕްލޭ ޓީމަށް ހޮވުނު ޓީމާއެކު ދަޢުލަތުގެ ވަޒީރުންނާއި އިސްބޭފުޅުން ހިމެނޭގޮތަށް ފޯރިގަދަ މެޗެއް ކުޅެފައިވެއެވެ. މިއީވެސް ދިވެހި ތާރީޚުގައި އަލަށް ކުރެވިފައިވާކަމެކެވެ. މި މެޗްގައި ބައިވެރިވި ވަޒީރުންނާއި އިސް ބޭފުޅުންނަކީ:

  1. އެޓަރނީ ޖެނެރަލް އޮނަރަބަލް އަލްއުސްތާޛް އަޙްމަދު އުޝާމް
  2. މިނިސްޓަރ އޮފް ހޮމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާން
  3. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އޮނަރަބަލް މުޙައްމަދު ސަޢީދު
  4. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އޮނަރަބަލް އަޙްމަދު ޝިޔާމް
  5. މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް ޢަބްދުﷲ ނާޘިމް
  6. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އޮނަރަބަލް ޢަބްދުﷲ ފަޔާޟް
  7. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އޮނަރަބަލް އަޙްމަދު ޢަލީ ޙަބީބް
  8. ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް

މީގެ އިތުރުން މި އިވެންޓްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ އާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން، ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ މުވައްޒަފުން ބައިވެރިވެއެވެ.

މުބާރާތުގެ ވަނަތަކަށް ހޮވުނު ޓީމްތަކަށާއި ކުޅުންތެރިންނަށް ގިނަ އަދަދެއްގެ އިނާމް ދީފައިވެއެވެ. އަދި ޤައިދީންނާ އެކު ވަރަށް އެކުވެރި މާހައުލެއް ގާއިމްކޮށް، ވަޒީރުންނާއި ކަރެކްޝަނަސްގެ އިސްވެރިން ވަގުތު ހޭދަކޮށްފައިވެއެވެ.

15 ވަރަކަށް ދުވަހަށް ދެމިގެން ދިޔަ މިމުބާރާތް ރާވާ ހިންގުމުގައި މާފުށި ޖަލުގެ އެކިއެކި ޑިވިޜަންތަކާއި މެނޭޖްމަންޓް ގުޅިގެން ކޮށްފައިވާ މަސައްކަތުގެ ފުރިހަމަ ކަމަށްޓަކައި މިނިސްޓަރ އޮފް ހޮމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި އެމްސީއެސްގެ އިސްވެރިން އެކަން ފާހަގަކޮށް އެފަރާތްތަކަށާއި، ޤައިދީންނަށް އިނާމްތައް ހުށަހެޅުއްވި ފަރާތްތަކަށް ޝުކުރު އަދާކޮށް އެކަން ފާހަގަކޮށްފައިވެއެވެ.

މިމުބާރަތާ ބެހޭ ގޮތުން ޤައިދީން ހާމަކުރި ޝުއޫރު ތަކުތެރޭ މިކަން އިތުރަށް ފުޅާކޮށްދިނުމަށް އެދިފައިވެއެވެ. އަދި މިއީ ލިބިގެން ދިޔަ ވަރަށްބޮޑު ހިތްހަމަޖެހޭ ފުރުސަތެއްކަމަށާއި، މިފަދަ ޕޮރޮގްރާމް ތަކުން އެމީހުން ރަގަޅުވުމުގެ ވަރަށް އުއްމީދުތަކެއް އާވާކަމަށާއި ހިތްވަރު ލިބޭކަން ހާމަކޮށްފައިވެއެވެ. ފައިނަލް މެޗް ބައްލަވާލެއްވުމަށް، ބައެއް ޤައިދީންގެ ޢާއިލާތަކުންވެސް ޒިޔާރަތްކޮށްފައިވެއެވެ.