ޚަބަރު

ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކަރެކްޝަންސްގެ ސެކިއުރިޓީ ސެންޓްރަލައިޒްކޮށް، ސެންޓްރަލް ސީސީޓީވީ ރޫމް ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ “ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް”ގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިންގ ރޫމް ރޭ ހުޅުވައިފިއެވެ.

އިތުރަށް…

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ލާޒިމްކުރާ ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ އައްސޭރި ޖަލުގައި ބިނާކޮށް، އިއްޔެ ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ޤާއިމްކުރެވުނު ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ އިއްޔެ ހުޅުވައިފިއެވެ.

އިތުރަށް…

ޖަލުތަކުގައި ރިހެބިލިޓޭޝަން މަސައްކަތްކުރާ އޮފިސަރުންގެ ޓީމެއް، ސްރީ ލަންކާގައި ހިންގި “ކައުންސެލިންގ އެންޑް މެންޓަލް ހެލްތް ޓްރޭނިންގ” ފުރިހަމަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލުތަކުގައި ޤައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ޓީމެއް، ފުރަތަމަ ފަހަރަށް ރާއްޖޭން ބޭރުގައި ހިންގި “ކައުންސެލިންގ އެންޑް މެންޓަލް ހެލްތް” ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ރޭ އަނބުރާ މާލެ އައިސްފިއެވެ.

އިތުރަށް…

ކަރެކްޝަންސްއިން ސޮނެވާ ނަމޫނާއެކު، ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުއެއް ކުރިއަށް ގެންދިއުމާބެހޭގޮތުން ފަހުމްނާމާއެއްގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއ (އެމްސީޢެސް) އިން ސޮނެވާ ނަމޫނާއާއެކު، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ  ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިތުރަށް…

ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލްޗަރ ކޯހުގެ 8 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލޗަރ” ކޯހުގެ އަށް ވަނަ ބެޗް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

އިތުރަށް…

“ޕީއާރްސީ ސީޕީ ފުޓްސަލް ޓޯރނަމަންޓް 2025”: ފޯރިގަދަ ދެ މެޗާއެކު ރޭ ނިމިއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ޚާއްސަކޮށް، ޕްރިޒަން ކަލަބްއިން ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ނަމުގައި ފެށި “ޕީއާރްސީ ސީޕީ ފުޓްސަލް ޓޯރނަމަންޓް 2025” ރޭ ނިމިއްޖެއެވެ.

އިތުރަށް…

ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ޚާޢްސަކޮށް “ޕީއާރްސީ ސީޕީ ފުޓްސަލް ޓޯނަމަންޓް 2025” ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ޚާއްސަކޮށް، ޕްރިޒަން ކަލަބްއިން ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ނަމުގައި “ޕީއާރްސީ ސީޕީ ފުޓްސަލް ޓޯނަމަންޓް 2025” ރޭ ފަށައިފިއެވެ.

އިތުރަށް…

ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ކުރުމަށް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލުތަކުގައި ޤައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ޚާއްސަކޮށް “އެންހޭންސިންގ ދަ ރޯލް އޮފް ޕްރިޒަން އޮފިސަރސް އިން އޮފެންޑަރ ރިހެބިލިޓޭޝަން” ޓްރޭނިންގ ޕްރޮގްރާމް ހިންގައިފިއެވެ.  

އިތުރަށް…

މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދިޔަ ޤައިދީއަކު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަ (އެމްސީއެސް)ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސްން (45އ) މިރޭ ނިޔާވެއްޖެއެވެ.

އިތުރަށް…

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން “ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް” ގެ އާ ބެޗެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް” ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އިއްޔެ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

އިތުރަށް…

ރާއްޖޭގެ ޖަލުތަކުގައި ފުރަތަމަ ފަހަރަށް ޤައިދީނަށް ޚާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށް ފުރަތަމަ ފަހަރަށް “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް” ބާއްވައިފިއެވެ.

އިތުރަށް…

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އާ ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް އައްޑޫ ސިޓީ ކައުންސިލްއާއެކު ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިތުރަށް…