މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން އެ ޖަލުގައި މެޑިކަލް ކޭމްޕެއް މިއަދު ހިންގައިފިއެވެ.

މި މެޑިކަލް ކޭމްޕްގައި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ސަރޖަންއެއް ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.

އެގޮތުން މި ތިން ދާއިރާގެ ޑޮކްޓަރަކަށް ދެއްކުމަށް ރިފަރކޮށްފައިވާ 41 ޤައިދީންނާއި ބަންދުމީހުންނަށް ކޮންސަލްޓޭޝަން ފޯރުކޮށްދީފައިވެއެވެ.

މި މެޑިކަލް ކޭމްޕް ހިންގުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ މީހުން ތިބުމާއިއެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް އެހެން ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން އެކަމުގެ މަގު ފަހިކޮށްދިނުމެވެ. އަދި މުސްތަޤްބަލުގައިވެސް މިފަދަ ކޭމްޕްތައް ޖަލުތަކުގައި ކުރިއަށް ގެންދާނެއެވެ.




