“ޕީއާރްސީ ސީޕީ ފުޓްސަލް ޓޯރނަމަންޓް 2026”: ވާދަވެރިކުޅުމަކަށްފަހު ޗެމްޕިއަންކަން ހޯދީ ޓީމް އެޗްކިއު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ޚާއްސަކޮށް، ޕްރިޒަން ކަލަބްއިން ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ނަމުގައި ފެށި “ޕީއާރްސީ ސީޕީ ފުޓްސަލް ޓޯރނަމަންޓް 2026” ގެ ފައިނަލްގައި ޓީމް މާފުށީ ޕްރިޒަން ބަލިކޮށް، ޗެމްޕިއަންކަން ޓީމް އެޗްކިއު ހާޞިލްކޮށްފިއެވެ.

ޓީމް އެޗްކިއު މި ޓޯނަމަންޓް ހާޞިލްކުރީ 4-2 ލަނޑުންނެވެ. ޓީމް މާފުށީ ޕްރިޒަން މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ޓީމް އެޗްކިއު ބަލިކުރުމަށްފަހުގައެވެ.  

މާފުށީ ޖަލުގެ ފުޓްސަލް ގްރައުންޑްގައި ރޭ ކުޅުނު ފައިނަލް މެޗްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޚާއްސަ އެޑްވައިޒަރ އަލްފާޟިލް މައުރޫފް އަޙްމަދުއެވެ. ޝަރަފްވެރި މެހެމާންގެ އިތުރުން ޑެޕއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް، ޕްރިޒަން ކްލަބްގެ ރައީސް ޑެޕިއުޓީ ސުޕަރިންޓެންޑެންޓް ޢަބްދުލް ޣަނީ، ޖަލުތަކުގެ ޑިރެކްޓަރުންނާއި އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުން ބައިވެރިވިއެވެ.

ފައިނަލް މެޗް ވެގެން ދިޔައީ މި ޓޯނަރމަންޓްގެ އެންމެ ވާދަވެރި އަދި ފޯރިގަދަ މެޗަށެވެ. ދެ ޓީމްގެ މޮޅު ކުޅުމަކާއި ގޯލަށް ނުރައްކާތެރި ހަމަލާތަކަކަށްފަހު، ޓީމް އެޗްކިއު މެޗް ކާމިޔާބު ކުރީ މުޙައްމަދު ހަފީޒުގެ ދެ ލަނޑާއި އިބްރާހިމް އިމްރާންގެ ދެ ލަނޑުންނެވެ. މާފުށީ ޖަލުގެ ދެ ލަނޑު ކާމިޔާބުކުރީ އަޙްމަދު ޝައިހާން އާއި ޢަލީ ނާއިފްއެވެ.  އަދި “މޭން އޮފް ދަ މެޗް” ހޯދާފައިވަނީ އެޗްކިއުގެ ކީޕަރު ޢަލީ އަމީޒުއެވެ.

މި ޓޯރނަމަންޓްގެ ފައިނަލް މެޗަށްފަހު، ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް އަދި އިނާމް ޙަވާލުކުރުމަށްއިތުރުން، އެކި ވަނަ ތަކަށް ހޮވުނު ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ޕްލާކް ޙަވާލުކޮށްފައެވެ.

އެގޮތުން ފާހަގަކޮށްލެވޭ ވަނަތަކަށް ހޮވިފައިވަނީ:

  1. “ކިންގް އޮފް ދަ ޓޯރނަމަންޓް” – މުރްތަޖާ މުޙައްމަދު (ޓީމް މާފުށީ ޖަލު)

ޓޮޕް ސްކޯރަރ

  1. މުޙައްމަދު ހަފީޒު (ޓީމް އެޗްކިއު)

ޓޮޕް 5 ކުޅުންތެރިން

  1. އަޙްމަދު ނައުފަލް (ޓީމް މާފުށީ ޖަލު)
  2. ޢިސްމާޢީލް ޝިހާމް (ޓީމް މާފުށީ ޖަލު)
  3. މުރްތަޖާ މުޙައްމަދު (ޓީމް މާފުށީ ޖަލު)
  4. މުޙައްމަދު ޢަލީ ރަޝީދު (ޓީމް އީއެސްޖީ)
  5. ޢިސްމާޢީލް ޒަރީރު (ޓީމް އެޗްކިއު)

އެންމެ އުއްމީދީ ކުޅުންތެރިޔާ

  1. ނިޝާމް ޢަބްދުލްބާރީ (ޓީމް އައްސޭރި ޕްރިޒަން)

ފެއަރޕްލޭ ޓީމް

ޓީމް އައްސޭރި ޕްރިޒަން)

ބެސްޓް ކޯޗް

  1. އަޙްމަދު ޝާހިން (ޓީމް މާފުށީ ޕްރިޒަން)

މި ޓޯނަމަންޓްގައި ބައިވެރިވެފައިވަނީ ޓީމް އެޗްކިއު، ޓީމް މާފުށީ ޕްރިޒަން، ޓީމް ހުޅުމާލޭ ޕްރިޒަން، ޓީމް އައްސޭރި ޕްރިޒަން އަދި ޓީމް އީއެސްޖީއެވެ.