މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ދިރާސީ އައު އަހަރަށް އަމާޒުކޮށް، ހިންމަފުށީ ސްކޫލަށް 130 ޑެސްކް ޖަހައިދީފިއެވެ.
މި ޑެސްކްތައް ޖަހައިފައިވަނީ އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުންނެވެ.
މިއީ އިޖްތިމާޢީ ގޮތުން އެހީތެރިވެދިނުމަށް ހިލޭކޮށްދެވިފައިވާ މަސައްކަތެކެވެ. އަދި މި މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ކ. ހިންމަފުށީ ސުކޫލުންނެވެ.
މިފަދަ މަސައްކަތްތަކުން ޤައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީވެގެން ދާނެއެވެ.




