މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީ، 2025 ޑިސެންބަރު 04 ގައި ރިޓަޔަރކުރެއްވުމާ ގުޅިގެން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އަލްފާޟިލް އަޙްމަދު ޞަބާޙް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އަލްފާޟިލް އަޙްމަދު ޞަބާޙް އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ ކުރިން ޑެޕިއުޓީ ސުޕަރިންޓެންޑަންޓް އޮފް ޕްރިޒަންސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޞަބާޙްއަކީ، 2004 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅެކެވެ. ޖޫނިއަރ އަދި ސީނިއަރ ލެވެލްގައި ސިވިލް މުވައްޒެއްގެ ގޮތުގައި 11 އަހަރު މަސައްކަތްކުރެއްވުމަށްފަހު، އަލްފާޟިލް އަޙްމަދު ޞަބާޙް 2015 ގައި ޕްރިޒަން އޮފިސަރުންގެ ތަމްރީން ހައްދަވައި، ކޮމިޝަންޑް އޮފިސަރަކަށް ވަނީ ހުވާ ކުރައްވާފައެވެ. އެގޮތުން ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މާލޭ ޖަލުގެ ޑެޕިއުޓީ ޑިރެކްޓަރ، ހެޑް އޮފް ހިއުމަން ރިސޯސަސް އާއި ހެޑް އޮފް ބަޖެޓް އެންޑް ފިނޭންސް އަދި މާލީ ޒިންމާދާރު ވެރިޔާފަދަ މުޙިއްމު މަޤާމުތައް އަދާކުރައްވާފައިވެއެވެ.




