މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިދަ ނެގުމުގެ ރަސްިއްޔާތު އެ ޖަލުގައި ރޭ ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ، ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ކޮމިޝަންޑް އޮފިސަރުންނާއި ހުޅުމާލޭ ޖަލުގެ ގިނަ ޢަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތު ނިންމާލާފައިވަނީ އޮފިސަރުންގެ އަޒުމް ކިއުމަށްފަހު، ދުވަހުގެ ޚާއްސަ ކޭކު ފެޅުމަށް ފަހުގައެވެ.




