އެމްސީއެސް އިން ބްރިޓިޝް ހައި ކޮމިޝަން އާ ގުޅިގެން “ޕްރޮބޭޝަން އޮފިސަރ ޓްރޭނިންގ” ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބްރިޓިޝް ހައި ކޮމިޝަން އާ ގުޅިގެން “ޕްރޮބޭޝަން އޮފިސަރ ޓްރޭނިންގ” ހިންގައިފިއެވެ.

20 އޮކްޓޫބަރު 2024 ން ފެށިގެން 24 އޮގަސްޓު 2024 ށް ކުރިއަށްދިޔަ މި ޓްރޭނިންގގައި ބައިވެރިވެފައިވަނީ ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 13 ބައިވެރިންނެވެ.

ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން، ހިންގި މި ޓްރޭނިންގގެ މައިގަނޑު މަޤްޞަދަކީ މުޖްތަމައުގައި ކުދި ކުށްތަކަށް ޖަލު ނޫން ޙުކުމެއް ނުވަތަ “ކޮމިއުނިޓީ ސަރވިސް” ގެ ޙުކުމްކޮށްފައިވާ މީހުން މޮނީޓަރކޮށް ބަލަހައްޓާނެ ޕްރޮބޭޝަން އޮފިސަރުން ތަރައްޤީކުރުމަށް ޓްރޭނަރުން ތަމްރީންކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން މި ޓްރޭނިންގައި ސެޝަންތައް ނަގާދެއްވާފައިވަނީ ކޮމިއުނިޓީ ސަރވިސް ސްޕެޝަލިސްޓް ޓޯނީ ހެސަލް އާއި ޕްރިޒަން އެންޑް ޕްރޮބޭޝަން ސްޕެޝަލިސްޓް އެލޭނާ ޔަސޫމީއެވެ.