މާފުށީ ޖަލުގައި ސްޕެޝަލިސްޓް ޑޮކްޓަރގެ ޚިދުމަތް ފޯރުކޮށްދޭ މެޑިކަލް ކޭމްޕެއް ބާވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދޭ މެޑިކަލް ކޭމްޕެއް އެ ޖަލުގައި ބާއްވައިފިއެވެ.

25 ން 26 ފެބްރުވަރީ 2023 ށް ކުރިއަށްދިޔަ މި މެޑިކަލް ކޭމްޕް ހިންގީ މާފުށީ ހެލްތް ސެންޓަރާއި މާފުށީ ޖަލުގެ މެޑިކަލް ސެންޓަރު ގުޅިގެންނެވެ.

މި މެޑިކަލް ކޭމްޕް ހިންގުމުގެ މަޤްޞަދަކީ މާފުށީ ޖަލުގައި ތިބި ޤާއިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއިއެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް އެހެން ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން އެކަމުގެ މަގު ފަހިކޮށްދިނުމެވެ.

މި ކޭމްޕްގައި ފޯރުކޮށްދީފައިވާ ސްޕެޝަލިސްޓް ޚިދުމަތްތަކަކީ ހަމުގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކެވެ. މިގޮތުން 49 ޤައިދީންނާއި ބަންދުމީހުންނަށް ހަމުގެ ބަލިތަކަށް ކޮންސަލްޓޭޝަން ދީފައިވާއިރު، އެތެރެހަށީގެ ޑޮކްޓަރަށް 24 ޤައިދީންނާއި ބަންދުމީހުން ދައްކާފައިވެއެވެ.

މިގޮތުން 29 އޮކްޓޯބަރ 2022 ން 17 ނޮބެމްބަރ 2022 އާ ހަމައަށް ހިންގި އޮޕަރޭޝަން ހޭހަން ގައި ހުރިހާ ޖަލަކުން ޖުމްލަކޮށް853  ސްޕެޝަލިސްޓް ޑޮކްޓަރ ކޮންސަލްޓޭޝަނާއި ޚިދްމަތްތައް ފޯރުކޮށްދީފައެވެ.