ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމަށް “ޓްރޭންނިންގ އޮފް ޓްރޭނަރސް” ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމަށް “ޓްރޭނިންގ އޮފް ޓްރޭނަރސް ޕްރޮގްރާމް އޮން އެންހާންސިންގ ޓްރޭނިންގ ސްކިލް އެންޑް ނޮލެޖް ޓު ކްރިއޭޓް އިފެކްޓިވް ލަރނިންގ އެކްސްޕީރިއަންސަސް ފޯ ކަރެކްޝަނަލް އޮފިސަރސް” 02 އޮކްޓޫބަރު 2022 ގައި ފަށައިފިއެވެ.

ފަސް ދުވަހަށް ކުރިއަށްދާ މި ޓީއޯޓީގައި އެކި ޖަލުތަކުންނާއި ހެޑް އޮފީހުން ޖުމްލަކޮށް 19 ޕްރިޒަން އަދި ސިވިލް އޮފިސަރުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ޖަލުތަކުގައި ކުރިއަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެއް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށްޓަކައި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީންކުރުމަށް ޓްރޭނަރުން ތައްޔާރުކުރުމެވެ. މި ޓީއޯޓީ ޕްރޮގްރާމުން ތަމްރީންވާ މުވައްޒަފުންގެ އެހީތެރިކަމާއެކު އިތުރު މުވައްޒަފުން ތަމްރީން ކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމްގައި ޑްރަގް އެޑިއުކޭޝަން އެންޑް އެވެއަރނަސް ސެޝަންތައް ޤައިދީންނަށް ހިންގާނެ ގޮތާއި ޖުމްލަކޮށް ޓްރޭނިންގތަކުގައި ފެސިލިޓޭޓްކޮށްދޭނެގޮތުގެ މަޢުލޫމާތާއި ހުނަރު ބައިވެރިންނަށް ފޯރުކޮށްދެވިގެންދާނެއެވެ. އަދި މި ޓްރޭނިންގ ފެސިލިޓޭޓްކޮށްދެއްވަނީ އެންޖޯއޯ ކަމުގައިވާ ޖަރނީގެ ގްލޯބަލް ޑްރަގް ޑިމާންޑް ރިޑަކްޝަން މާސްޓަރ ޓްރޭނަރ ޢަލީ އަދީބްއެވެ.