ދަ ނެލްސަން މަންޑޭލާ ރޫލްސް ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުންނަށް ސެޓްފިކެޓް ދީފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޔޫއެންއޯޑީސީއާ ގުޅިގެން ޕްރިޒަން އޮފިސަރުންނަށް ހިންގި “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރުންނަށް ސެޓްފިކެޓް ދީފިއެވެ.

މާފުށީ ޖަލުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ. ޑެޕިއުޓީ ކޮމިޝަނަރގެ އިތުރުން މާފުށީ ޖަލުގެ ޑައިރެކްޓަރ އޭއެސްޕީ އަޙްމަދު ޖާދުﷲ އާއި މާފުށި ޖަލުގެ ސީނިއާ މެނޭޖްމަންޓް އަދި ކޮމިޝަންޑް އޮފިސަރުންވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ޑެޕިއުޓީ ކޮމިޝަނަރ ވަނީ މި ރަސްމިއްޔާތުގައި ދަ ނެލްސަން މަންޑޭލާ ރޫލްސް ޕްރޮގްރާމް ފުރިހަމަކުރި 70 އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” ނުވަތަ ޖަލުތަކުގައި ބޭނުންކުރާ އެންމެ ދަށް މިންގަނޑު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތްކުރާ ހުރިހާ ޖަލު އޮފިސަރުން އަޙުލުވެރިކުރުވައި، ޖަލު އޮފިސަރުންގެ މަސައްކަތްތައް ތަރައްޤީކޮށް ސްޓްރީމްލައިން ކުރުވުމެވެ.