ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލްޗަރ ކޯހުގެ 7 ވަނަ ބެޗ ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލޗަރ” ކޯހުގެ ހަތް ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ މި ކޯސް ކުރިއަށްދާނީ ފަސް ހަފުތާއަށެވެ. މި ކޯހުގައި ޖުމްލަ 21 ގައިދީން ވަނީ ބައިވެރިވެފައެވެ.

މި ކޯހުގެ މަޤްޞަދަކީ ޤައިދީންނަށް ޖަލުގައި ދަސްކޮށްދޭ އެކި ހުނަރުތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު ބިނާކުރުމާއި މި ކޯސް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމެވެ.  

ސެޓްފިކެޓް 01 އިން ސްޓާޓިންގ އެގްރިކަލްޗަރ ކޯސް ފަރުމާކޮށްފައި ވަނީ 10 މޮޑިއުލްގެ މައްޗަށެވެ. މިގޮތުން މި ކޯހުގައި ބައިވެރިވާ ޤައިދީންނަށް ދަނޑުވެރިކަމަކީ ކޮބައިކަމާއި، ގަސް ހައްދާނެގޮތައި، ގަހަށްޖެހޭ ބަލިތަކާއި، ގަސްއިންދުމަށް ބިންތައްޔާރުކުރާނެގޮތް ދަސްކޮށްދެވޭނެއެވެ.

މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ ކޯހެކެވެ. އަދި މި ކޯހުގައި ކިޔަވައި ދެއްވާނީ އައިކޯސްޓްގެ މުދައްރިބެކެވެ.