އީއެސްޖީއިން މާފުށީ ރަށުތެރޭގައި ފަޔަރ ޑްރިލްއެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އެމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) އިން ކ. މާފުށީ ރަށުތެރޭގައި ފަޔަރ ޑްރިލްއެއް އިއްޔެ ހިންގައިފިއެވެ.

މި ފަޔަރ ޑްރިލްގެ މަޤްޞަދަކީ ރަށު ތެރޭގައި އަލިފާނުގެ ހާދިޘާއެއް ހިނގައިފިނަމަ، އެކަން ޙައްލުކުރުމަށްޓަކައި ތައްޔާރީ ޙާލަތުގައި ތިބުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ރިފްރެޝްކުރުމެވެ.

މި ފަޔަރ ޑްރިލް ކުރިއަށް ގެންގޮސްފައި ވަނީ ކ. މާފުށީ ގެ ކައުންސިލުންނާއި އެ ރަށުގެ ޕޮލިސް ސްޓޭޝަނުން އެހީތެރިކަމާއެކުގައެވެ.

މާފުށީ ޖަލުގެ ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން، މާފުށީ ރަށުތެރޭގައި ދިމާވާ އެކި ކާރިސާތަކަށް މާފުށީ ޖަލުގެ އޮފިސަރުންނާއި އީއެސްޖީ އޮފިސަރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. މިގޮތުން 2020 ވަނަ އަހަރު މާފުށީގައި ހިނގި އަލިފާނުގެ ބޮޑު ހާދިޘާ ޙައްލުކުރުމުގައި އީއެސްޖީ އޮފިސަރުންނާއި މާފުށީ ޖަލުގެ އޮފިސަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.