މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ކުރުމުގެ ޝެޝަންތަކެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއް އެ ޖަލުގައި ފަށައިފިއެވެ.

17 ފެބްރުވަރީ 2022 ން ފެށިގެން 3 ދުވަހަށް ކުރިއަށް ގެންދާ މި ސެޝަންތަކުގެ ބޭނުމަކީ މާފުށީ ޖަލުގައި މަސައްކަތް ކުރާ ހުރިހާ އޮފިސަރުންނާއި މުވައްޒަފުން ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކޮށް، މަސައްކަތު މާހައުލުގައި އެ މަޢުލޫމާތުގެ ބޭނުން ޢެންމެ ފުރިހަމަ ގޮތެއްގައި ބޭނުންކުރުމެވެ.

މި ސެޝަންތަކުގައި މާފުށީ ޖަލުގެ 27 އަންހެން އޮފިސަރުންނާއި 113 ފިރިހެން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މާފުށީ ޖަލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ސެޝަންތަކުގައި ބައިވެރިންނަށް ޤާނޫނާއި ގަވާއިދުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެއްވަނީ އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސްގެ މުވައްޒަފުންނެވެ. އަދި މިފަދަ ސެޝަންތައް މުސްތަޤްބަލުގައި ވެސް ކުރިއަށްގެންދާނެއެވެ.