ކްލަބް މޯލްޑިވްސް ކަޕް 2021: ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދައި، ޕްރިޒަން ކްލަބް ކުއަޓަރ ފައިނަލަށް!

ކްލަބް މޯލްޑިވްސް ކަޕް 2021 ގައި ރޭ ކުޅުނު ރައުންޑް އޮފް 16ގެ މެޗްގައި ޕޮލިސް ކްލަބް ބަލިކޮށް، ޕްރިޒަން ކްލަބް މެޗް ކާމިޔާބުކޮށް، ކުއަޓަރ ފައިނަލްއަށް ދަތުރުކޮށްފިއެވެ.

ހުޅުމާލޭގެ ރެހެންދީ ޓަރފް ދަނޑުގައި ރޭ ކުޅުނު މެޗްގައި ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންވެ. މިއީ މިބާރާތުގައި ޕްރިޒަން ކްލަބް ކުޅުނު ހަތަރު ވަނަ މެޗެވެ.

ޕްރިޒަން ކްލަބްގެ ތިން ލަނޑާއި ޕޮލިސް ކަލްބްގެ އެއް ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފްގައެވެ. އަދި ދެވަނަ ހާފްގައި ޕޮލިސް ކްލަބްއިން އިތުރު ލަނޑެއް ވަނީ ޖަހާފައެވެ. ޕްރިޒަން ކްލަބަށް ލަނޑުޖަހާނެ އިތުރު ފުރުޞަތުތަކެއް ލިބުނު ނަމަވެސް، މެޗު ނިމުނު އިރު ނަތީޖާއަކީ 3-2 އެވެ. ޕްރިޒަން ކުލަބުގެ ލަނޑުތަކުން ދެ ލަނޑު ކާމިޔާބުކޮށްދިނީ ސާޖިދު ރަޝީދު (ޖަރޒީ ނަންބަރު 10) އަދި މުރުތަޖާ މުޙައްމަދު (ޖަރޒީ ނަންބަރު 11) އެވެ.  

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕްރިޒަން ކްލަބްގެ ސާޖިދު ރަޝީދުއެވެ.

ކުއަޓަރ ފައިނަލްގައި ޕްރިޒަން ކަލްބް ކުރިމަތިލާނީ ކްލަބް އެމްއޭސީއެލްއާއެވެ.