އެމްސީއެސްއާ ގުޅިގެން ޔޫއެންއޯޑީސީއިން ހިންގި “ޓްރޭނިންގ އޮން ސޭފްޓީ، ސެކިއުރިޓީ އެންޑް އިންސިޑެންޓް މެނޭޖްމަންޓް ފޮރ ކަރެކްޝަންސް އޮފިސަރސް” ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ޔޫއެންއޯޑީސީގެ މެރިޓައިމް ކްރައިމް އޮފިސް ގުޅިގެން ޕްރިޒަން އޮފިސަރުންނަށް ހިންގި “ޓްރޭނިންގ އޮން ސޭފްޓީ، ސެކިއުރިޓީ އެންޑް އިންސިޑެންޓް މެނޭޖްމަންޓް ފޮރ ކަރެކްޝަންސް އޮފިސަރސް” ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު މިއަދު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޔޫއެންއޯޑީސީގެ ޕްރިޒަން އެކްސްޕަރޓް އެލިއުދް އޮޕިލޯއެވެ.

ޕްރިޒަން އޮފިސަރުން ތަރައްޤީކޮށް، މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ޤާބިލް ބަޔަކަށް ބިނާކުރުމުގެ އަމާޒުގައި ކުރިއަށް ގެންދިޔަ މި  ތަމްރީން ޕްރޮގްރާމްގައި އެކި ޖަލުތަކުން 14 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްގައިވަނީ 28 ނޮވެމްބަރ 2021 ން 02 ޑިސެމްބަރ 2021 ށެވެ. މި ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދެއްވީ ޔޫއެންއޯޑީސީގެ ޕްރިޒަން އެކްސްޕަރޓް އެލިއުދް އޮޕިލޯއެވެ.

މި ޕްރޮގްރާމްގައި ޕްރިޒަން ސެކިއުރިޓީ، ޑައިނަމިކް ސެކިއުރިޓީ، އެސްކޯޓް ޕްރޮސީޖަރސް، ސަރޗް ޕީޕަލް އެންޑް ޕްރޮޕަރޓީސް ފަދަ މޮޑިއުލްސް ބައިވެރިންނަށް ވަނީ ކިޔަވާދީފައެވެ.