ކްލަބް މޯލްޑިވްސް ކަޕް 2021: އޭވިއޭޝަން ސެކިއުރިޓީ ބަލިކޮށް، ޕްރިޒަން ކުލަބް ފުރަތަމަ މެޗް ކާމިޔާބުކޮށްފި

ކްލަބް މޯލްޑިވްސް ކަޕް 2021 ގައި ރޭ ކުޅުނު ގްރޫޕް އެފްގެ މެޗްގައި އޭވިއޭޝަން ސެކިއުރިޓީ ބަލިކޮށް، ޕްރިޒަން ކްލަބް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ.

ހުޅުމާލޭގެ ރެހެންދީ ޓަރފް ދަނޑުގައި ކުޅުނު މި މެޗް ޕްރިޒަން ކުލަބުކާމިޔާބުކުރީ 2-0 ލަނޑުންނެވެ.  

މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ފަހު ހާފްގައި ޕްރިޒަން ކުލަބުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ޙަލީމް (ޖަރޒީ ނަންބަރު 47) އާއި އަޙްމަދު ޝަމާލް (ޖަރޒީ ނަންބަރު 7) އެވެ.  

ރޭގެ މެޗުގެ މޮޅުކުޅުންތެރިއަކަށްވެސް ހޮވިފައިނީ ޕްރިޒަން ކުލަބުގެ އިބްރާހިމް ޙަލީމް (ޖަރޒީ ނަންބަރު 47) އެވެ.

ކްލަބް މޯލްޑިވްސް ކަޕް 2021 ގެ ގްރޫޕް އެފްގައި ހިމެނެނީ ޕްރިޒަން ކްލަބް، އޭވިއޭޝަން ސެކިއުރިޓީ، ފެނަކަ އަދި އާރްއޯއެލްއެވެ.