ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއެއް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ

ގޮޅީތެރޭ ތާސްކުޅެން އިންދާ މެއަށް ތަދެއް އަރައި، ނޭވާލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އެމްޑީ އަކްތަރު ޙޮސެއިން (50 އަހަރު)، މިއަދު ފަތިހު، 2021 ނޮވެމްބަރ 18 ގައި ވަނީ ނިޔާވެފައެވެ.

އޭނާ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުންކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އެމްޑީ އަކްތަރު ޙޮސެއިނަކީ މީހަކު މެރުމުގެ ކުށުގައި ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން މިސަރވިސްއިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައެވެ.