އަންހެން ޤައިދީންނަށް ޚާއްސަ ދީނީ ޕްރޮގްރާމެއް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް  ކަރެކްޝަނަލް  ސަރވިސް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގުޅިގެން  “ފަނާރު-ޢިލްމުގެ އަލީގައި އަމާން އައްސޭރިއަކަށް” ގެ ނަމުގައި  ދީނީ  ނަސޭހަތް  ދިނުމުގެ  ޕްރޮގްރާމެއް  އިއްޔެ  ފަށަފިއެވެ.

މާފުށީގައި ކުރިއަށްދާ މި ޕްރޮގްރާމް ގައި 45 އަންހެން ޤައިދީން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

މި ޕްރޮގްރާމް ހިންގުމުގެ މަޤްޞަދަކީ އިސްލާމް ދީނުގެ އަސާސްތަކުގެ އަލީގައި ޤައިދީންނަށް އިސްލާމީ ޘަޤާފަތުގެ މުހިއްމު ޢުންޞުރުތައް އުނގަންނައިދީ ބޭނުންތެރި ބައެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުމެވެ.