ޤައިދީންނަށް ޚާއްސަކޮށް ކުރެހުމާބެހޭ ވަރކްޝޮޕެއް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އެލަވަންސް ވަޒީފާގައި އުޅޭ ޤައިދީންނަށް ޚާއްސަކޮށް “ސްޓަރޓިންގ އާރޓް ވަރކްޝޮޕް” ގެ ނަމުގައި ކުރެހުމާބެހޭ ވަރކްޝޮޕެއް މާފުށީ ޖަލުގައި ފަށައިފިއެވެ.

ތިން ހަފްތާގެ މުައްދަތަށް ކުރިއަށްގެންދާ މި ވަރކްޝޮޕްގައި ހަފްތާއަކު ފަސް ދުވަހު ކިޔަވާދޭނެއެވެ. އަދި މި ވަރކްޝޮޕްގައި ކުރެހުމަށް ޝައުގުވެރިވާ 8 ޤައިދީން ވަނީ ބައިވެރިވެފައެވެ.

މި ވަރކްޝޮޕްގައި ކުރަހަން ފަށައިގަންނާނެ ގޮތް ކިޔަވައިދިނުމުގެ އިތުރުން އެކި ބާވަތުގެ ޕެއިންޓް ބޭނުންކޮށްގެން ކުރެހުން ފުރިހަމަކުރާނެ އުކުޅުތައް ކިޔާދޭނެއެވެ. މި ވަރކްޝޮޕްގެ ބައިވެރިންނަށް ކިޔަވާދެނީ މާފުށީ ޖަލުގެ އޮފިސަރެކެވެ.

ކޯވިޑް-19 އާ ގުޅިގެން، ކްލާސްތަކާއި އެހެނިހެން މަސައްކަތްތައް މެދު ކަނޑާލި ނަމަވެސް، ސަރުކާރުން އައު އާންމު ހާލަތު އިއުލާންކުރުމާ ގުޅިގެން، ރައްކާތެރި ފިޔަވަޅުތަކާއެކު ކޯސްތަކާއި ކްލާސްތައް މިހާރު ވަނީ ކުރިއަށް ގެންދަން ފަށާފައެވެ.