އައި.ޖީ.އެމް.އެޗްގައި ފަރުވާ ދަމުންދިޔަ ޔާސިރު ޔަހުޔާ (ޔަމަން) ނިޔާވެއްޖެ

އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ކޮންޓްރޯލާރ އޮފް އިމިގްރޭޝަންއަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖެއިން ފުރުވާލެވެންދެން ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާ (ޔަމަން) ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައިވާނީ މިއަދު 16:25 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ ކެއުމަން އިންކާރުކޮށް ހާލު ސީރިއަސްވަމުންދިޔުމާ ގުޅިގެންނެވެ.

ޔާސިރު ޔަހުޔާ ނިޔާވުމާއި ގުޅިގެން މިސަރވިސްއިންވާނީ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަދި އާއިލާއަށް ވާނީ މިކަން ހިއްސާކޮށްފައެވެ.