ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ބަންދު މީހެއް ނިޔާވެއްޖެ

އައިޖީއެމް ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ބަންދުމީހެއް މިރޭ ނިޔާވެއްޖެއެވެ.

އީރާންގެ ރައްޔިތެއްކަމަށްވާ ރަހުމަތުﷲ (49 އަހަރު) ނިޔާވެފައިވަނީ މިރޭ 11:49 ގައެވެ. މީނާއަކީ ދިގު މުއްދަތަކަށް ކެންސަރަށް ފަރުވާ ހޯދަމުން އައި މީހެކެވެ.

މީނާ އަކީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ މީހެކެވެ.

ރަހުމަތުﷲ ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައެވެ.