20 ޤައިދީންނާއެކު ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލްޗަރ ކޯހުގެ 6 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލޗަރ” ކޯހުގެ ހަ ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.

ފަސް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ޖުމްލަ 20 ގައިދީން ވަނީ ބައިވެރިވެފައެވެ. ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ މި ކޯސް ފަށާފައިވަނީ 19 ޖުލައި 2020 ގައެވެ.

މި ކޯހުގެ މަގްސަދަކީ ޤައިދީންނަށް ދަސްކޮށްދޭ އެކި ހުނަރުތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު ބިނާކުރުމެވެ. މީގެ އިތުރުން މި ކޯސް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމައުއަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަކީވެސް މިކޯހުގެ އަމާޒެކެވެ.

މި ކޯހުގައި ބައިވެރިވާ ޤައިދީންނަށް ދަނޑުވެރިކަމަކީ ކޮބައިކަމާއި، ގަސް ހައްދާނެގޮތައި، ގަހަށްޖެހޭ ބަލިތަކާއި، ގަސްއިންދުމަށް ބިންތައްޔާރުކުރާނެގޮތް ދަސްކޮށްދެވޭނެއެވެ. މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ ކޯހެކެވެ. އަދި މި ކޯހުގައި ކިޔަވައި ދެއްވާނީ އައިކޯސްޓްގެ މުދައްރިބެކެވެ.