މާފުށީ ޖަލުގެ ގައިދީން ފަހާފައިވާ 1000 ފޮތި މާސްކު، މާފުށީ ސްކޫލަށް މިއަދު ހަދިޔާކޮށްފިއެވެ. މިގޮތުން ހަދިޔާކޮށްފައިވަނީ ކޮންމެ ދަރިވަރަކަށް ދެ މާސްކުގެ ނިސްބަތުންނެވެ.
މި މާސްކުތައް އެ ރަށުގެ ސްކޫލާ ހަވާލުކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ރިޟާއެވެ.
އައު އާންމު ހާލަތުގައި ޖުލައި މަހު ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އަންގާފައިވާ ކަމެކެވެ.





 
         
            
                
 
                     
                                 
                                 
                                 
                             
                             
                             
                             
                            