ކޯވިޑް-19 އާއި ގުޅިގެން މާލެ ޖަލުގައިވެސް ރެންޑަމް ސާމްޕަލް ނަގައިފި

މިހާރު ހަލުވިކަމާއިކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، މާލެ ޖަލުގައި މިރޭ ރެންޑަމް ސާޕަލް ނެގުން ކުރިއަށް ގެންގޮސްފިއެވެ.

އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް އާއި 20 އޮފިސަރުންގެ ސާމްޕަލް ވަނީ ނަގާފައެވެ.

މި 35 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނެވެ.