ކޯވިޑް-19 އާއި ގުޅިގެން އައްސޭރި ޖަލުގައި ރެންޑަމް ސާމްޕަލް ނަގައިފި

މިހާރު ހަލުވިކަމާއިކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި މިއަދު ރެންޑަމް ސާޕަލް ނެގުން ކުރިއަށް ގެންގޮސްފިއެވެ.

އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޤައިދީންގެ ތެރެއިން 25 މީހެއްގެ ސާޕަލް އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

މި 37 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނެވެ. އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިންވެސް ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސާމްޕަލް ވަނީ ނަގައިފައެވެ.