މިހާރު ހަލުވިކަމާއިކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، މާފުށީ ޖަލުގައި މިއަދު ރެންޑަމް ސާޕަލް ނެގުން ކުރިއަށް ގެންގޮސްފިއެވެ.

އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް އަދި 23 އޮފިސަރެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނެވެ. އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިންވެސް ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސާމްޕަލް ވަނީ ނަގައިފައެވެ.





 
         
            
                
 
                                 
                                 
                                 
                             
                             
                             
                             
                            