މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިސަރުގެ މަޤާމަށް އާމިނަތު ޔުސްރީން އަޙްމަދު ހަމަޖައްސައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިސަރުގެ މަޤާމަށް ސިވިލް އެސިސްޓަންޓް އެގްޒަކަޓިވް އާމިނަތު ޔުސްރީން އަޙްމަދު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ސީނިއަރ ސިވިލް އޮފިސަރ ގެ މަގާމް އަދާކުރި އަލްފާޟިލާ ޔުސްރީން ވަނީ މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ކޮމިޝަންގެ މީޑިއާ އޮފިސަރގެ މަގާމް އަދާކޮށްފައެވެ.

އަލްފާޟިލާ ޔުސްރީން ވަނީ މީޑިއާ ސްޓަޑީޒް އިން މާސްޓަރސް ޑިގްރީ އަދި މާސް ކޮމިއުނިކޭޝަން (ޕަބްލިކް ރިލޭޝަންސް އެންޑް ޖަރނަލިޒަމް) ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއިގުޅޭ މައުލޫމާތު ހޯދުމަށް އަލްފާޟިލާ ޔުސްރީން އަށް ގުޅުއްވާނީ 9553500 ށެވެ.