ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައު ބޭފުޅަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ރ.ކަނދޮޅުދޫ، ރިހިތަޅާގެ އަޙްމަދު މުޙައްމަދުފުޅު މިއަދު އައްޔަނުކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ސަރުކާރުން މި ބަދަލު ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން، ޖަލުތަކުގެ ހިންގުމުގެ ކަންކަން ހަރުދަނާކުރެއްވުމުގެ ގޮތުންނެވެ.

މީގެ ކުރިން އިންސްޕެކްޓަރ ޖެނެރަލް އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމުގައި ހުންނެވި އަޙްމަދު މުޙައްމަދުފުޅު ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އިން ސޯޝަލް ޕޮލިސީގެ ދާއިރާއިން މާސްޓާރސް ޑިގްރީ އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ޙާސިލުކުރައްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅަށް ތަހުނިޔާ އަރިސްކޮށް، މަރުހަބާ ދަންނަވަމެވެ.