ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ކޮމިޝަންޑް އޮފިސަރުންނާ ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުރިހާ ކޮމިޝަންޑް އޮފިސަރުންނާ މިއަދު އެމްސީއެސްގެ ހެޑް އޮފީހުގައި ބައްދަލުކުރައްވައިފިއެވެ.

ސީޕީ އަޙްމަދު މުޙައްމަދު ފުޅު މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އެމްސީއެސްގެ އިސް ވެރިންނަށް ތައާރަފްވެ، ޖަލުތައް ހިންގުމުގައި ހުރި ދަތިތަކާމެދު މަޝްވަރާކުރުމެވެ. މިގޮތުން ހުރިހާ ޖަލުތަކަށް ޒިޔާރަތްކޮށް  ކަންތައްތައް ގާތުން ބައްލަވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން އައު ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލުމަށާއި ޖަލުތަކުގެ އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހުކުރުމަށް އިސްކަންދެއްވާނެ ކަމަށްވެސް ސީޕީ އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ސީޕީ އަޙްމަދު މުޙައްމަދު ފުޅު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.