އައްސޭރި ޖަލަށް 11 އަހަރު!

އައްސޭރި ޖަލުގެ 11 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު އައްސޭރި ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޢާސިފްއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި އައްސޭރި ޖަލުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އޮފިސަރުންނަށް ޢަޒުމް ލާދެއްވީ ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ފާރިޝް ޢަލީއެވެ. އަދި އަޒުމު ކިއުމަށްފަހު އައްސޭރި ޖަލުގެ އަހަރީ ދުވަހުގެ ކޭކު ފެޅުންވެސް އޮތެވެ.