ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 ގެ ބައިވެރިންނަށް “ސެޓްފިކްޓް 01 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން” ކޯސް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 ގެ ބައިވެރިންނަށް “ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން” ކޯސް ފަށައިފިއެމާފުށީ ޖަލުގައި އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި 20 ގައިދީން ވަނީ ބައިވެރިވެފައެވެ.

މި ކޯހުގެ މަގްސަދަކީ ޤައިދީންނަށް އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ތެރެއިން، ކަރަންޓް ވަޔަރު ކުރުމާއި، ބޭސިކް ވަޔަރިންގ ގައި ވިސްނަންޖެހޭ މުހިއްމު ކަންތައްތައް ދަސްކޮށްދިނުމުގެ އިތުރުން، މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ޤައިދީން ހެދުމަށް މަސައްކަތްކުރުމެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވަރކް ރާވާ ހިންގާއިރު، މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.