މާފުށީ ޖަލުގައި ފިރިހެނުންގެ ދުވަސް ފާހަގަ ކޮށްފި

ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާފުށީ ޖަލުގެ އަންހެން އޮފިސަރުންގެ ފަރާތުން ފިރިހެން އޮފިސަރުންނާ މަދަނީ ފިރިހެން މުވައްޒަފުންނަށް ރޭ އެޖަލުގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.

މި ޙަފްލާގައި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، އޭ.އެސް.ޕީ އަހްމަދު ރިޒާ ގެ އިތުރުން އެޖަލުގެ ސީނިއާ އޮފިސަރުންނާ މަދަނީ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ދުވަހުގެ މުނާސަބަތުގައި ވަނީ އެޖަލުގެ އަންހެން އޮފިސަރުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ކޭކެއް ފަޅާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިރިހެނުންގެ ދުވަސް ފާހަގަކުރާތާ ވިހިއަހަރަށް ވުރެ ގިނަ އަހަރު ވެފައިވާއިރު، ތާރީޚުން އެނގޭގޮތުގައި ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1999 ވަނަ އަހަރުގައެވެ.