ސެޓްފިކެޓް 1 އިން އެގްރިކަލްޗަރ ކޯހެއް މާފުށީ ޖަލުގައި ފަައިފި

ސެޓްފިކެޓް 1 އިން އެގްރިކަލްޗަރ ކޯހެއް މާފުށީ ޖަލުގައި އިއްޔެ ފަށައިފި އެވެ.

މި ކޯހަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި މާފުށީ ޖަލު ގުޅިގެން، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޤައިދީންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ކޯހަކީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޤައިދީންގެ ތެރެއިން ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދީ، ކުރިއަށް ދެވޭނޭ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ފެށި ކޯހެކެވެ. މި ކޯސް ފުރިހަމަ ކުރާ ކޮންމެ ޤައިދީއަކަށް ވެސް ދަނޑުވެރިކަމާ ބެހޭ ބޭސިކް އުކުޅުތައް ދަސްވެގެންދާނެ އެވެ. އަދި މި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި މި ކޯހުގައި ޕްރެކްޓިކަލް އަދި ތިއަރީގެ ކްލާސްތައް ވަނީ ހިމަނާފަ އެވެ.

މި ޕްރޮގްރާމްގައި މާފުށީ ޖަލުގެ ޖުމްލަ 31 ފިރިހެން ގައިދީއިން ބައިވެރިވެފައި ވެއެވެ. މި ކޯހުގައި ކިޔަވަދޭނީ، އެގްރިކަލްޗަރ ގެ ދާއިރާއިން ތައުލީމު ހާޞިލްކޮށްފައިވާ އޮފިސަރެކެވެ. މި ކޯސް ކުރިއަށް ދާނީ 5 ހަފްތާގެ މުއްދަތަށް މާފުށީ ޖަލުގަ އެވެ.