ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓްގެ ފުރަތަމަ މެޗްގައި ރޭ މާފުށީ ޖަލާއި މާލޭ ޖަލު ބައްދަލުކުރިމެޗް 4 – 1 ލަނޑުން ކާމިޔާބުކުރީ މާފުށީ ޖަލުގެ ޓީމެވެ.
މި މެޗްގައި މާލޭ ޖަލުގެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއްލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާފުށީ ޕްރިޒަން ޓީމުގެ ޖާޒީ ނަންބަރު 7 އަބްދުﷲ މުޙައްމަދެވެ.
ރޭ ކުޅުނު ދެވަނަ މެޗްގައި ޓީމް އެޗްކިއު އާއި ހުޅުމާލޭ ޕްރިޒަން ބައްދަލުކުރި މެޗް 3 – 2 ލަނޑުން ކާމިޔާބުކުރީ ޓީމް އެޗްކިއުއެވެ.
މިމެޗްގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ދެޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއްލިބި ވަނީ ބޭނުންކުރެވޭގޮތް ނުވެފައެވެ.
މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އެޗްކިއުގެ ޖާޒީނަންބަރު 8 މޫސާ ހަސަން ފުޅެވެ.
މި މުބާރާތުގައި ޖުމްލަ ފަސްޓީމް ވާދަކުރެއެވެ. އެއީ މާފުށީ ޖަލުގެ ޓީމާއި ޓީމް އެޗްކިއު އާއި އައްސޭރި ޖަލާއި މާލޭ ޖަލުގެ އިތުރުން ހުޅުމާލޭ ޖަލެވެ.