އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓް 2018: ތިންވަނަ މެޗުން ޓީމް އެޗްކިއު މޮޅުވެ، ހަތަރުވަނަ މެޗު ކާމިޔާބުކުރީ އައްސޭރި ޕްރިޒަން.

އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓްގައި ރޭގެ ފުރަތަމަ މެޗުގައި މާލޭ ޕްރިޒަން އާއި ޓީމް އެޗްކިއު ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ޓީމް އެޗްކިއު އެވެ.

ރޭގެ މެޗުގައި މާލޭ ޕްރިޒަންގެ ޓީމުންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއްވަނީ ތަނަވަސް ކޮށްފައެވެ. އެހެންނަމަވެސް އެ ފުރުޞަތު ތަކުގެ ބޭނުންވަނީ ހިފޭގޮތް ނުވެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އެޗްކިއުގެ ޖާޒީ ނަންބަރު 5 އާދަމް މަންސޫރު އެވެ.

ރޭގެ ދެވަނަ މެޗުގައި އައްސޭރި ޕްރިޒަން އާއި މާފުށީ ޕްރިޒަން ބައްދަލުކުރި މެޗް 3-2 ން ކާމިޔާބުކުރީ އައްސޭރި ޕްރިޒަން އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މާފުށީ ޕްރިޒަން އަށްވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބި ބޭނުން ނުކުރެވުނެވެ.

asp

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އައްސޭރި ޕްރިޒަންގެ ޖާޒީނަންބަރު 11 އިބްރާހިމް ހަލީމް އެވެ. އިބްރާހިމް ހަލީމްވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގައި ޖުމްލަ ފަސްޓީމް ވާދަކުރެއެވެ. އެއީ މާފުށީ ޖަލުގެ ޓީމާއި ޓީމް އެޗްކިއު އާއި އައްސޭރި ޖަލާއި މާލޭ ޖަލުގެ އިތުރުން ހުޅުމާލޭ ޖަލެވެ.