މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލުގައާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރގައި އިއްޔެ މާހެފުން ބާއްވައިފިއެވެ.
މާލޭ ޖަލުގެ އޮފިސަރުންނަށް ހާއްސަކޮށް ބޭއްވި މާހެފުން ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ. އަދި ހުޅުމާލޭގެ މާހެފުން ވަނީ އޮފިސަރުންގެ އާއިލީ ހަވީރެއްގެ ގޮތުގައި ކުރިއަށްގެންގޮސްފައެވެ.
މި ދެ މާހެފުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ ޕްރިޒަންސް އޮފިސަރުން ބައިވެރިވިއެވެ.