މާފުށީ ޖަލުން އިންތިޒާމްކުރާ “ރަމަޝާން ފުޓްސަލް ކަޕް 2016” ގެ ގުރުއަތުލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުން އިންތިޒާމްކުރާ “ރަމަޟާން ފުޓްސަލް ކަޕް 2016″ގެ ގުރުއަތުލުން 03 ޖޫން 2016 ގައި ބާއްވައިފިއެވެ.

07 ޖޫން 2016 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުއަތުލުން އޮތީ މާފުށީ ޖަލުން ބޭއްވި މާހެފުމުގައެވެ.

މި ހަފްލާގައި ގުރުއަތުލުމުގެ އިތުރުން “ރަމަޟާން ފުޓްސަލް ކްޕް 2016” ގެ ލޯގޯ އާއި ފޭސްބުކް ޕޭޖްވެސް ވަނީ ލޯންޗްކޮށްފައެވެ. ލޯގޯ އާއި ފޭސްބުކް ޕޭޖް ލޯންޗްކޮށްދެއްވީ ޝަރަފްވެރި މެހެމާން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.

NYN_4566

މި ފުޓްސަލް މުބާރާތް އިންތިޒާމްކުރާ ކޮމިޓީގެ ރައީސް ސީނިއަރ ޕްރިޒަން އޮފިސަރ އިބްރާހިމް ނަޢީމް ވިދާޅުވީ މާފުށީ ޖަލާއި، އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) އަދި އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ ފަރާތުން ޖުމްލަ 11 ޓީމު މި މުބާރާތުގައި ބައިވެރިވާކަމަށެވެ. އަދި ފޭސްބުކް ޕޭޖް މެދުވެރިކޮށް މި މުބާރާތާބެހޭ މައުލޫމާތު ގެނެސްދޭނެވާހަކަވެސް އެސްޕީއޯ އިބްރާހިމް ނަޢީމް ވިދާޅުވިއެވެ.