މާފުށީ ޖަލުގެ މާހެފުން ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި މާހެފުން 03 ޖޫން 2016 ގައި ބާއްވައިފިއެވެ.

މި މާހެފުން ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.

NYN_4543

މި މާހެފުމުގެ ހަރަކާތްތަކުގައި މިދިޔަ މޭ މަހު ބޭއްވި “ފީމޭލް ހޭންޑްބޯލް ޓޯނަމެންޓް” ގެ ވަނަތައް ހާސިލްކުރި ފަރާތްތަކަށް ތައްޓާއި، ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

މި މާހެފުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ ޕްރިޒަންސް އޮފިސަރުން ބައިވެރިވިއެވެ.