މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރިޒަން ކްލަބުން އިންތިޒާމުކޮށްގެން، އުމުރުން 35 އަހަރުން މަތީގެ އޮފިސަރުންނަށް ޚާއްސަކޮށް ކުރިއަށްގެންދިޔަ ފުޓްސަލް ޓޯރނަމަންޓް “ޕީއާރްސީ ވެޓަރަންސް ކަޕް 2026” ގެ ފައިނަލް ރޭ ކުޅެ، މުބާރާތް ނިމިއްޖެއެވެ.


ހުޅުމާލެ ޖަލުގެ ގޯތިތެރޭގައިވާ ފުޓްސަލް ގްރައުންޑްގައި ރޭ ކުޅުނު ފައިނަލް މެޗް ބައްލަވާލެއްވުމަށާއި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބޯޑް މެންބަރު އަލްފާޟިލް މުޙައްމަދު އުމެއިރުއެވެ. ޝަރަފުވެރި މެހެމާނުގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެމްޕަރވަރމަންޓް، ސްޕޯރޓްސް އެންޑް ފިޓްނަސްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޙުސެޢިން ނިހާދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އިބްރާހިމް މަފާޒް، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް


ފައިނަލް މެޗްގައި ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ދެއްކުމަށްފަހު ޓީމް މާފުށީ ޕްރިޒަން ބަލިކޮށް، ޗެމްޕިއަންކަން ހާޞިލްކުރީ ޓީމް އީއެސްޖީއެވެ. ޓީމް އީއެސްޖީ މި ޓޯނަމަންޓް ހާޞިލްކުރީ 3-1 ލަނޑުންނެވެ. ފައިނަލް މެޗްގެ “މޭން އޮފް ދަ މެޗް” ހޯދާފައިވަނީ ޓީމް އީއެސްޖީގެ ތައުޒީމް އަޙްމަދުއެވެ.

ޓީމް އީއެސްޖީ ވަނީ 2024 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.
މި ޓޯރނަމަންޓްގެ ފައިނަލް މެޗަށްފަހު، ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް އަދި އިނާމް ޙަވާލުކުރުމަށްއިތުރުން، އެކި ވަނަ ތަކަށް ހޮވުނު ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ޕްލާކް ޙަވާލުކޮށްފައެވެ.

އެގޮތުން ފާހަގަކޮށްލެވޭ ވަނަތަކަށް ހޮވިފައިވަނީ:
- “ކިންގް އޮފް ދަ ޓޯރނަމަންޓް” – ޢުބެއިދު ޝަރީފް (ޓީމް އީއެސްޖީ)

ޓޮޕް ސްކޯރަރ
- އަޙްމަދު ނައުފަލް (ޓީމް މާފުށީ ޕްރިޒަން)
- މައުރޫފް ޢަބްދުލް އަޒީޒު (ޓީމް އެޗްކިއު)

ޓޮޕް 5 ކުޅުންތެރިން
- އަޙްމަދު ނައުފަލް (ޓީމް މާފުށީ ޕްރިޒަން)
- ޢަލީ އަސްރަތު (ޓީމް އީއެސްޖީ)
- ޒަމީރު މުޙައްމަދު (ޓީމް އީއެސްޖީ)
- ޢުބެއިދު ޝަރީފް (ޓީމް އީއެސްޖީ)
- ޢިސްމާޢީލް ޒަރީރު (ޓީމް އެޗްކިއު)

ފެއަރޕްލޭ ޓީމް
- ޓީމް ހުޅުމާލޭ ޕްރިޒަން
ބެސްޓް ކޯޗް
- މަދީޙު ރިއްފަތު (ޓީމް އީއެސްޖީ)

“ޕީއާރްސީ ވެޓަރަންސް ކަޕް 2026” ގައި ވާދަކުރަނީ ޓީމް ލެގަސީ، ޓީމް އެޗްކިއު، ޓީމް އައްސޭރި ޕްރިޒަން، ޓީމް މާފުށީ ޕްރިޒަން، ޓީމް ހުޅުމާލެ ޕްރިޒަން، ޓީމް އީއެސްޖީއެވެ.




