އިންމޭޓްސް ކްރިއޭޓިވިޓީ އެގްޒިބިޝަންގެ ނަސީބުވެރިންނަށް މިއަދު ވައުޗަރ ހަވާލުކޮށްދެއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރިއަށްގެންދިޔަ “އިންމޭޓްސް ކްރިއޭޓިވިޓީ އެގްޒިބިޝަން 2015″ ގެ ނަސީބުވެރިންނަށް މިއަދު ވައުޗަރ ހަވާލުކޮށްދެއްވައިފިއެވެ.

މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ވައުޗަރތައް ޙަވާލުކޮށްދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ އެވެ.

މި ލަކީޑްރޯއަކީ މިއަހަރުގެ އެޕްރީލް މަހުގެ 16 އިން 18 އަށް ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި އެގްޒިބިޝަންއަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ލަކީޑްރޯ އެކެވެ. އެގްޒިބިޝަންގެ ކޮންމެ ދުވަހަކު ނަސީބުވެރިއަކު ހޮވާފައިވާއިރު މި އެގްޒިބިޝަން ތިންދުވަހަށް ވަނީ ކުރިއަށްގެންގޮސްފައެވެ.

22-620x413

މި އެގްޒިބިޝަން އަށް ޝޯޓް ތްރޯ މޯލްޑިވްސްގެ ފަރާތުން ސްޕޮންސަރ ކޮށްދެއްވާފައިވާ ކޮލަމްބޯ ދެކޮޅު ޓިކެޓް އަލްފާޟިލާ ލަޔާލް ޒާހިދު އަށް ލިބިފައިވާއިރު ދެވަނަރޭގެ ނަސީބުވެރި ފަރާތް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ޑީ.ޕީ.އާރ.އެސް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުންނެވެ. މި އިނާމް ލިބިފައިވަނީ އަލްފާޟިލާ ފަރަޙް ދީބާ ރަޝީދުއަށެވެ. އަދި ޓާކިޝް އެއަރ ލައިންގެފަރާތުން ސްޕޮންސަރ ކޮށްދެއްވާފައިވާ ކޮލަމްބޯ ދެކޮޅު ޓިކެޓް ލިބިފައިވަނީ އަލްފާޟިލާ އަޝާ ޝާފިއު އަށެވެ.

31-620x413

މި އެގްޒިބިޝަން އަކީ ޤައިދީންގެ މަސައްކަތުގެ ހުނަރު އާންމުންނަށް ދައްކާލުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ އެގްޒިބިޝަން އެކެވެ. އަދި މި އެގްޒިބިޝަންގެ ސަބަބުން ޤައިދީންގެ މަސައްކަތުގެ ހުނަރު މީހުންނަށް ފެނި، އާންމުންގެ ގިނަ ތަޢުރީފު ތަކެއް ވަނީ ގައިދީންނަށާއި އެމީހުން ތައްޔާރުކޮށްފައިވާ އައިޓަމް ތަކަށް ލިބިގެން ގޮސްފައެވެ.