މާފުށީ ޖަލުގެ ޚިދުމަތަށް 27 އަހަރާއި އީއެސްޖީގެ ޚިދުމަތަށް 18 އަހަރު ފުރުން ފާހަގަކޮށްފި!

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގެ 27 ވަނަ އަހަރީ ދުވަހާއި އެމަޖެންސީ ސަޕޯރޓް ގްޜޫޕް (އީއެސްޖީ) އަށް 18 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

އެގޮތުން، އަހަރީ ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ 01 ނޮވެމްބަރު 2025 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ.  

މި  ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރުއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު،  ާފުށީ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން އާއި އެ ޖަލާއި އީއެސްޖީގެ ކޮމިޝަންޑް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ސީނިއަރ އަދި ޖޫނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ޕްރިޒަން އޮފިސަރުންގެ ޢަޒުމް ކިޔުން އޮތެވެ. އަދި މި ރަސްމީއްޔާތު ނިމިގެންދިޔައީ ދުވަހުގެ ޚާއްސަ ކޭކު ފެޅުމާއި ގްރޫޕް ފޮޓޯއަކުންނެވެ.

އަހަރީ ދުވަހުގެ ދެވަނަ ހަރަކާތެއްގެ ގޮތުން، މާފުށީ ޖަލުގެ އޮފިސަރުންގެ މެދުގައި ފޯރިގަދަ ވަން-ޑޭ ހޭންޑްބޯލް މުބާރާތެއް ބޭއްވިއެވެ. ދެ ޖިންސު ވަކިން ޓީމްތަކަށް ބަހައިގެން ބޭއްވި މި މުބާރާތުގައި ޗެމްޕިއަންކަން ހޯދައިފާ ވަނީ ފިރިހެން ޕިންކް ޓީމް އާއި އަންހެން ޕިންކް ޓީމެވެ.

އަހަރީ ދުވަހުގެ ފަހު ހަރަކާތެއްގެ ގޮތުން، މާފުށީ ޖަލާއި އީއެސްޖީ އެއްކޮށް ޚާއްސަ ޑިނަރ ނައިޓެއް 02 ނޮވެމްބަރު 2025 ގައި ބޭއްވިއެވެ. މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

މި ޑިނަރ ނައިޓްގައި ހާޟިރީއަށް އެންމެ ފަރުވާތެރި އޮފިސަރުންނާއި އެހިނިހެން ކަންކަމުގައި ފާހަގަކޮށްލެވޭ އޮފިސަރުންނަށް ސެޓްފިކެޓާއި އެވޯޑް ހަވާލުކުރުމާއި މުނިފޫހި ފިލުވުމުގެ އައިޓަމްތައް ހިމެނުނެވެ.